މަނީ ހެއިސްޓް އަދި އެލީޓްއިން އެކުގައި ފެނުނު ސްޕެއިންގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޭމީ ލޮރެންޓޭ އާއި މަރިއާ ޕެޑްރޭޒާ ވަކިވެއްޖެ އެވެ.

ދެ އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެ ތަރިންގެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު މިހާރު ވަނީ އިންސްޓަގްރާމުން އެކަކު އަނެކަކު އަންފޮލޯ ވެސް ކޮށްފަ އެވެ. އަދި މަރިއާ ވަނީ ޖޭމީއާއެކު ނަގާފައި ހުރި ފޮޓޯތައް އޭނާގެ އިންސްޓަގްރާމުން ޑިލީޓް ވެސް ކޮށްފަ އެވެ.

އުމުރުން 29 އަހަރުގެ ޖޭމީ އާއި 24 އަހަރުގެ މަރިއާ ވަނީ އެކުގައި ސްޕެއިންގެ މަޝްހޫރު ހައި ސްކޫލް ޑްރާމާ ކަމަށްވާ އެލީޓްއިން ފެނިފަ އެވެ. އޭގެ ފަހުން މި ދެ ތަރިން ފެނިފައި ވަނީ މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިގެންދިޔަ ސީރީސް އެއް ކަމަށްވާ މަނީ ހެއިސްޓުންނެވެ.

މަނީ ހެއިސްޓުން މަރިއާ ފެނިގެން ދިޔައީ ފުރަތަމަ ސީޒަނުން އެކަންޏެވެ. އޭގައި އޭނާ ކުޅެފައި ވަނީ ބްރިޓިޝް އެމްބެސެޑާގެ ދަރިފުޅު އެލިސަން ޕާކާގެ ރޯލެވެ.