ގދ. ތިނަދޫ ފެން ޕްލާންޓުގައި ދަނގަނޑު ޓޭންކެއް ކެފަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ރަށު ފެން ޕްލާންޓުގައި ޓޭންކެއް ކެފަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓު މިއަދު 18:00 ހާއިރު ލިބިފައިވާ ކަމަށެވެ.
ލަސްތަކެއް ނުވެ ތިނަދޫ ފަޔާ ސްޓޭޝަނުން ވަނީ އަލިފާން ކޮންޓްރޯލްކޮށްފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.