ހިންދީ ފިލްމު އިންޑަސްޓްރީ ނުވަތަ ބޮލީވުޑްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުނިފޫހިފިލުވުމުގެ ސިނާއަތެވެ.

ބޮލީވުޑުގައި މަސައްކަތް ކުރާ ތަރިންގެ މެދުގައި ތަފާތު ކުރުންތައް އެބަހުއްޓެވެ.

އެގޮތުން ފިލްމު ކުޅެގެން ލިބޭ މުސާރާގެ ފަރަގުވެސް ބޮޑެވެ. އެކްޓަރުންނަށް ވުރެން އެކްޓަރެސް އަށް ލިބޭ މުސާރަ ކުޑަ އެވެ. އެހެން ނަމަވެސް ބޮލީވުޑްގައި މަސައްކަތް ކުރާ ބަތަލާއިން ތެރޭގައިވެސް ފާހަގަ ކޮށްލެވޭ އާމްދަނީއެއް ހޯދާ ބަތަލާއިން އެބަތިބއްވެ އެވެ.

އެބަތަލާއިންނަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ތަރިންނެވެ. އެގޮތުން މިބަލައިލަނީ ބޮލީވުޑްގެ އެންމެ މުއްސަދި 10 ބަތަލާއިންނަށެވެ.

އައިޝްވަރްޔާ ރާއީ،

ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ އެކްޓަރުންނެވެ. އެހެން ނަމަވެސް ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ބަތަލާއިންގެ ތެރޭގައި އައިޝްވާރިޔާ ރާއީ ހިމެނެ އެވެ.

އައިޝްވާރިޔާއަކީ ގިނަ މަގުބޫލު ފިލްމުތަކެއް ކުޅެދީފައިވާ ފަންނާނެކެވެ. އަދި ބޮލީވުޑް އެންމެ މުއްސަދި ބަތަލާއިން ތެރޭގައި ހިމެނޭ ބަތަލާއެކެވެ. އެގޮތުން އައިޝްވަރިޔާގެ މިލިކިއްޔާތުގައި 828 ކްރޯޑް ރުޕީސް އެބަހުއްޓެވެ. އަދި އޭނާ ފިލްމަކަށް 10 ކްރޯޑް ރުޕީސް ނަގާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ

ޕްރިޔަންކާ ޗޯޕްރާ އަކީ ބޮލީވުޑާއި ހޮލީވުޑްގައިވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. ބޮލީވުޑްގައި ގިނަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ޕްރިޔަންކާގެ މިލިކިއްޔާތުގައި ހުރި މުދަލުގެ އަގަކީ 580 ކްރޯޑް ރުޕީސް އެވެ.

ފިލްމު ކުޅުމުގެ އިތުރުން ޕްރިޔަންކާ އަންނަނީ ނިއުޔޯކުގައި ރެސްޓޯރެންޓެއް ހިންގަމުންނެވެ.

އާލިއާ ބަޓް

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާއަކީ އާލިއާ ބަޓް އެވެ. ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ވިޔަފާރިއެއްވެސް ކުރާ އާލިއާގެ މިލިކިއްޔާތުގައި ހުރީ 557 ކްރޯޑް ރުޕީސް އެވެ.

ކަރީނާ ކަޕޫރު ޚާން މިލިކިއްޔާތުގައި ހުރީ 440 ކްރޯޑް ރުޕީސް އެވެ.

ދީޕިކާ ޕަދުކޯންގެ މިލިކިއްޔާތުގައި ހުރީ ގާތްގަނޑަކަށް 314 ކްރޯޑް ރުޕީސް އެވެ. ދިޕީކާ އަމިއްލަ ބްރޭންޑެއް ފަށާފައިވާއިރު، ސްޓާޓްއަޕްތަކަށް ވެސް އިންވެސްޓްކޮށްފައިވެ އެވެ.

އަނުޝްކާ ޝަރުމާގެ މުދަލުގެ އަގު 255 ކްރޯޑް ރުޕީސް އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އޭނާގެ ބްރޭންޑް ނޫޝްގެ މާކެޓް ވެލިއު އަކީ 65 ކްރޯޑް ރުޕީސް އެވެ.

ބޮލީވުޑްގައި އެންމެ ކާމިޔާބު ބަތަލާއިން ތެރޭގައި ހިމެނޭ މަދޫރީ

މަދޫރީ ޑިކްސިތު ވެސް މި ލިސްޓުގައި ހިމެނެނީ 248 ކްރޯޑް ރުޕީސްގެ ސާފު މުދަލާއި އެކު އެވެ. ފިލްމުތަކުގައި ފެނުމުގެ އިތުރުން ރިއަލިޓީ ޝޯތައް ވެސް ޖަޖެއްގޮތުގައި މަދޫރީ ފެނިގެންދެ އެވެ.

ކެޓްރީނާ ކައިފް

ކެޓްރީނާ ކައިފްގެ ސާފު މުދަލަކީ ގާތްގަނޑަކަށް 217 ކްރޯޑް ރުޕީސް އެވެ. އޭނާ ދަނީ އޭނާގެ ބްރޭންޑް ކޭ ބިއުޓީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ނަޔަންތާރާ

އިންޑިއާގައި އެންމެ ބޮޑު މުސާރައެއް ލިބޭ ބަތަލާއިންގެ ތެރޭގައި ނަޔަންތަރާ ހިމެނެ އެވެ. އޭނާގެ މުދަލަކީ ގާތްގަނޑަކަށް 165 ކްރޯޑް ރުޕީސް އެވެ.