ޓިވީ އިންޑަސްޓްރީގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ ދިޕިކާ ކައްކަރް އާއި ޝުއައިބް އިބްރާހިމް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ދިޕިކާ އާއި ޝުއައިބްއަށް ފިރިހެން ކުއްޖެއް ލިބުނުކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައި އެވެ.

ދިޕިކާ ވިހާފައި މިވަނީ ޑޮކްޓަރުން ދީފައިވާ ދުވަހަށްވުރެން ކުރިންނެވެ.

ޝުއައިބް ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ސިއްހީ މައްސަލަތަކެއް ދިމާވެގެން ދިޕިކާ ވިހާފައިވަނީ ދުވަސް ނުފުރާ ކަމަށެވެ. އެހެން ނަމަވެސް ނަމަވެސް ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ބުނެފައިވެ އެވެ.

ޝުއައިބް ކޮށްފައިވާ ޕޯސްޓް

އެދެމަފިރިންނަށް އަލަތު ދަރިފުޅު އިއްޔެ ލިބުނު އިރު މިމަހުގެ 20 ވަނަ ދުވަހަކީ ޝުއައިބްގެ 39 ވަނަ އުފަންދުވަހެވެ.

ދިޕިކާ އޭނާ ބަނޑުބޮޑުކަން އިއުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ. މީ މި ދެމަފިރިންގެ އަލަތު ދަރިފުޅު އެވެ.

ދިޕިކާ އާއި ޝުއައިބް ކައިވެނިކޮށްފައި ވަނީ ފެބުރުއަރީ 22 ވަނަ ދުވަހު ބޯޕާލް ގަ އެވެ.

ދިޕިކާ އާއި ޝުއައިބް ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ދެމީހުން ފުރަތަމަ ދިމާވީ 'ސަސުރާލް ސިމަރް ކާ'ގެ ސެޓުންނެވެ.

ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ' އިން ވެސް ދިޕިކާ އާއި ޝުއައިބް ވަނީ ފެނިގެން ގޮސްފަ އެވެ.

"ސަސުރާލް ސިމްރަން ކާ" އިން ލިބުނު މަޝްހޫރުކަމާ އެކު، ސިލްސިލާ "ބަލިކާ ވަދޫ" ގައި ވެސް މަސައްކަތް ކުރި ދިޕިކާ ވަނީ ބޮލީވުޑް ފިލްމެއްގައިވެސް މަސައްކަތް ކޮށްފަ އެވެ.