ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އަންހެން ކުއްޖަކު ވިހައިފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ އޭނާގެ ފިރިމީހާ އަދި އިންޑިޔާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.
"ހުރިހާ އެންމެންގެ ހެޔޮ ދުއާތަކާއި މެސެޖްތަކަށް ޝުކުރުވެރިވަން،" ވިރާޓް ލިޔެފައިވެ އެވެ.
މި ދެތަރިން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގައި ބޭއްވި ހަފްލާއެއްގަ އެވެ.
ވިރާޓް ބުނެފައި ގޮތުގައި ދަރިފުޅު އަދި އަނުޝްކާގެ ހާލުވެސް ރަނގަޅެވެ.
އަލަތު ދަރިފުޅަށް ބަލިވެ އިންއިރު ވެސް އަނުޝްކާ ދިޔައީ ބަރާބަރަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ އިސްތިހާރު ތަކުގެ މަސައްކަތް ވެސް ކުރި އެވެ.
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި
ކުޅުދުއްފުށީގައި ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒެއް
