ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދުވާނީއަކީ ބޮލީވުޑްގެ އެންމެ އާ ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ. މިއަހަރު ކުރީކޮޅު ކައިވެނި ކުރުމަށްފަހު އެ ދެމީހުން އެކީގައި އެކި ފަހަރު މަތިން ފެނިފައިވެ އެވެ.

އެގޮތުން މިފަހުން ދިން އިންޓަވިއު އެއްގައި ކައިވެނީގެ ހަޔާތާއި ބައިވެރިޔާ ސިދްހާތާ ބެހޭގޮތުން ކިއާރާ މިވަނީ ވާހަކަ ދައްކާފަ އެވެ.

ކިއާރާ ބުނީ ސިދްހާތަކީ ވަރަށް އޯގާތެރި ފިރިއެއް ކަމަށާއި ފިރިއެއްގެ ގޮތުގައި ސިދްހާތު ލިބުނީތީ އޭނާއަކީ ނަސީބުގަދަ މީހެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ސިދްހާތަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އެއީ އަހަރެންގެ ހަޔާތުގެ އެއްބައި." ދެމީހުންގެ ގުޅުމާ ބެހޭޭގޮތުން ވާހަކަ ދައްކަމުން ކިއާރާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ހަގީގީ ލޯތްބަކީ ވެވޭ އެއްޗެއްކަން އޭނާއަށް އެނގުނީ ސިދްހާތުއާ ބައްދަލުވުމުން ކަމަށާއި މިހާރު ލޯތްބަށް އޭނާ އިތުބާރު ކުރާ ކަމަށެވެ.

2021 ވަނަ އަހަރު ނުކުތް ޝޭރްޝާހްގެ ސެޓުން ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނު ސިދުުހާތުއާއި ކިއާރާ ކައިވެނި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާޖަސްތާންގަ އެވެ.

ކައިވެންޏަށްފަހު އެކި ގައުމުތަކަށް އެ ދެމީހުން ދަތުރު ކުރަމުން އަންނައިރު ވަރަށް ފަހުން ވެސް އެ ދެމީހުން ވަނީ އެކުގައި ޖަޕާނުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.