ސޯޝަލް މީޑިއާ މެދުވެރިކޮށް ރާވައިގެން އެމެރިކާގެ މިޝިގަންގެ މަގެއްގެ މަތީގައި ބޭއްވި ޕާޓީއެއްގެ ތެރޭގައި ބަޑި ޖެހުމުގެ ސަބުން ދެމީހަކު މަރުވެ، 12 ވަރަކަށް މީހުން ޒަހަމްވެއްޖެ އެވެ.
މަރުވެފައި ވަނީ 51 އަހަރުގެ އަންހެނަކާ 19 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ބަޑިގެ ހަމަލާ ބަދަލުކޮށްފައި ވަނީ މިޝިގަންގެ އެންމެ ބޮޑު ސިޓީ، ޑިޓްރޮއިޓްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 102 މޭލު ދުރުގައި އޮންނަ ސަގިނޯވް ކިޔާ އަވަށެއްގައި ހޮނިހިރު ދުވަހުގެ ރޭ ގަޑިން ބާރަ ޖަހާކަށްހާ އިރު އެވެ.
މިޝިގަން ޕޮލިހާ ހަވާލާދީ އެމްލައިވް.ކޮމް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ޕާޓީގައި ގާތްގަނޑަކަށް 200 ވަރަކަށް މީހުން ތިއްބެވެ. ބަޑީގެ ހަމަލާ އާ ވިދިގެން ޕޮލިސް އެ ހިސާބަށް ދިޔައިރު މީހުންތައް އެހިސާބުން އަވަސް އަވަހަށް ދަނީ އެވެ.
އެ ވަގުތު ޒަޚަމްތަކާއެކު ކާރުތަކުގެ ތެރޭގައި ހައްޔަރުވެފައި ތިބި މީހުން ތިބި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ހަމަލާގެ ފަހުން އެ ހިސާބަށް ޕޮލިސް ގޮސް ހަމަލާގައި ބޭނުން ކުރި ބަޑިތަކުގެ ތެރެއިން ފަސް ބަޑި ވަނީ ހޯދައިފަ އެވެ.
ހަމަލާގެ ތަހުގީގު ކުރިޔަށްދާއިރު އަދި އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.