ރޭގަނޑުގެ ނިދި މަދުވުމާއި ނިދި ހަމަނުޖެހުމަކީ ހަމައެކަނި ވަރުބަލިކަން ގެނުވާ ކަމެއް ނޫން ކަމަށާއި، މިއީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި ސިއްޙީ މައްސަލަތަކެއް، ހާއްސަރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން އިންޒާރު ދީފި އެވެ.
އޮންކޮލޮޖިސްޓުން (ކެންސަރު ބަލީގެ ޑޮކްޓަރުން) ފާހަގަކުރާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ނިދި މަދުވުމުން (ކްރޮނިކް ސްލީޕް ލޮސް) ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ސެލްތަކަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރުމުގެ ގާބިލުކަން ކުޑަ ކޮށްލަ އެވެ.
ނިދި މަދުވުމުން ހަށިގަނޑަށް ކުރާ މައިގަނޑު އަސަރުތައް:
- ދިފާއީ ނިޒާމު ބަލިކަށިވުން: ރަނގަޅަށް ނުނިދުމުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެ، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ސެލްތަކުގެ މަސައްކަތް ލަސްވެ އެވެ.
- ހޯމޯންތަކަށް ބަދަލު އައުން: ހަށިގަނޑުގެ ނިދުމާއި ހޭލުމުގެ ނިޒާމު (ސާކޭޑިއަން ރިދަމް) އަށް ބުރޫ އެރުމުން، ހޯމޯންތަކުގެ ބެލެންސް ގެއްލި، ޓިއުމަރު އުފެދުމަށް މަގުފަހިވެ އެވެ.
- އިންފްލެމޭޝަން (ދުޅަވުން) އިތުރުވުން: ދިގު މުއްދަތަކަށް ނިދި ނުލިބުމަކީ ހަށިގަނޑުގައި ދުޅަވުމުގެ މައްސަލަތައް (ކްރޮނިކް އިންފްލެމޭޝަން) އިތުރު ކުރުވާ ކަމެކެވެ.
މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ ދުވަހަކުވެސް 7 އާއި 8 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ފުން ނިދި ހޯދުމަށާއި، ނިދާ ގަޑިތައް އެއްގޮތެއްގައި ހިފެެއްޓުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.
ފިރިހެނުންނަށް: ރޭގަނޑު ގިނައިން ކުޑަކަމުދާން ހޭލެވޭނަމަ ސަމާލުވޭ
ބޮޑެތި ނަންތައް ފަހަތަށް ޖައްސާލައި ޓޮމް ހޮލޭންޑް ކުރިއަށް!
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފި