"ކުޗް ތޯ ގަޅުބަޅު ހޭ" އަކީ ސޮނީ ޓީވީގެ "ސިއައިޑީ" ބަލާ މީހުން އެންމެ ފަރިތަވާނެ އެއް ޑައިލޮގެވެ. މި ޝޯއަކީ އިންޑިއާގައި ހިނގާ އެކި ކަހަލަ ކުށްތައް ތަހުގީގު ކުރަން ފުލުހުންގެ ޓީމަކުން ކުރާ ވަރަށް ޝައުގުވެރި މަސައްކަތްތަކެއް ދައްކުވައިދޭ ޝޯއެކެވެ.

ސީއައިޑީ އަކީ ފާއިތުވި 23 އަހަރު ކުރިން ސޮނީ ޓީވީއިން ދެއްކި އެންމެ މަގުބޫލު ސޯއެކެވެ. އަދި ދިވެހިން މެދުގައިވެސް މަޝްހޫރު ސޯއެކެވެ.

"ސީއައިޑީ"ގެ ކުޅަދާނަ އޮފިސަރުންތައް ކަމަށްވާ އޭސީޕީ ޕްރަދިޔުމަން އާއި ދަޔާ އަދި އަބިޖީތު ހިމެނެ އެވެ. މީގެ އިތުރުން މިސޯއިން މަޝްހޫރުކަން ހޯދި އަނެއް ފަރާތްތަކީ އިންސްޕެކްޓަރު ވިވެކް އެވެ.

އާންމު ގޮތެއްގައި އެކްޓިން އަށް ނުކުތުމަށް ފަހު އިންޑިއާގައި ކެރިއަރު ބަދަލުކުރާ މީހުން ވަރަށް މަދެވެ.

އެކްޓިން ދޫކޮށް ވިވެކް މަޝްރު ތަފާތު އެހެން ޕްރޮފެޝަންއެއް ވަނީ ހިޔާރުކޮށްފައި އެވެ. މިހާރު އޭނާއަކީ ޕްރޮފެސެރަކެވެ. އެމެރިކާގެ މިޝިގަން ޔުނިވަސިޓީން ގްރެޖްއޭޓްވުމަށް ފަހު، އިންޑިއާގެ ތައުލީމީ ދާއިރާ އަށް ވިވެކް އަންނަނީ ހިދުމަތް ކުރަމުންނެވެ.

ވިވެކް ޕްރޮފެޝަރެއްކަން ހާމަވީ ޓްވިޓާގައި ވައިރަލްވި ޓްވިޓަގާ ގުޅިގެންނެވެ. ވިވެކްގެ ފޮޓޯއާއެކު މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "އެއީ ކާކު ކަން އެނގޭ ނަމަ ކުޑައިރުގެ ދުވަސްވަރަކީ އުފާވެރި ދުވަސްތަކެއް" ކަމަށެވެ.

މި ޓްވީޓަށް ވަނީ 3.8 މިލިއަން ވިއުސް ލިބިގެން ގޮސްފަ އެވެ. އަދި ގިނަ ކޮމެންޓްތަކެއް ވެސް ވަނީ ލިބިފަ އެވެ.

މިޓްވީޓަށް މޮނިކާ ޝަރުމާ ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ ވިވެކް އަކީ މިހާރު އޭނާގެ ކޮއްކޮ ކިޔަވަމުން އަންނަ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށެވެ.

އޭނާ މިހާރު ހުރީ ބެންގަލޫރްގެ ޕްރައިވެޓް ޔުނިވަސިޓީއެއް ކަމަށްވާ ސީއެމްއާރްގެ ޑިޕާޓްމަންޓް އޮފް ކޮމަން ކޯ ކަރިކިއުލަމްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. މީގެ އިތުރުން އޭނާ އަންނަނީ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި ވެސް ބައެއް އެހެން ޔުނިވަސިޓީތަކުގައި މަސައްކަތް ކުރަމުންނެވެ.

މި ޓްވީޓާ އެކީ އެތައް ބައެއްގެ ސަމާލުކަން ލިބުމުން ޝުކުރު އަދާކޮށް ވިވެކް ވެސް ޓްވީޓެއްކޮށްފައި އެވެ. އޭގައި އޭނާ ބުނީ ލިބުނު ލޯތްބާއި ހިތްހެޔޮ ބަސްތައް ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމަށެވެ.