ތިން އަންހެނެއްގެ ރޯޑް ޓްރިޕެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ޖީ ލޭ ޒަރާ" މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ދޫނުކޮށްނުލާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިފިލުމަކީ ޑައިރެކްޝަނާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ފަރުހާން އަޚްތަރު ޑައިރެކްޓްކުރުމަށް ނިންމާފައިވާ ފިލްމެކެވެ. މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް އެވެ.

އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ކެޓްރީނާ އާއި ޕްރިޔަންކާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ކެޓްރީނާ އާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ "ޖީ ލޭ ޒަރާ" ފިލްމު ދޫކޮށްލާފައިނުވާ ކަމަށެވެ. އެކަމަކު ޕްރިޔަންކާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި ބިޒީކަމުން ފިލްމަށް ވަގުތު ދެވެން ނެތިގެން މިފިލްމު ވަނީ ދޫކޮށްލާފަ އެވެ.

ޒީ ލޭ ޒަރާއިން ފެނިގެންދާ ތިން ބަތަލާއިން

ތިން އެކުވެރިއެއްގެ ވާހަކަ އަށް ބިނާކޮށް ހަދާ "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފެށުން އެކިއެކި ސަބަބުތަކާ ހެދި ވަނީ ލަސްވެފަ އެވެ. މި ފިލްމުގެ މަސައްކަތް މި ވަގުތަށް ހުއްޓާލައި ފަރުހާން ފިލްމެއް ކުޅެން ވަގުތު ދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ މަހު ބުނެފައިވެ އެވެ. އެ ފިލްމަކީ އާމިރު ޚާން އޮފާކުރި ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކެވެ.

2021 ވަނަ އަހަރު "ޖީ ލޭ ޒަރާ" އިއުލާންކުރިޔަސް މިހާތަނަށް މާ ބޮޑު އަޕްޑޭޓްތަކެއް ވެސް ނުލިބެ އެވެ.