ތިލަ މާލެ ބްރިޖްގެ ޕްރީކާސްޓް ސެގްމެންޓްތައް އަޅަން ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނާ ގޮތުގައި މާލެ ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަޝްރޫއުގައި ގުޅީފަޅުން ފެށިގެން ޕްރީކާސްޓް ސެގްމަންޓުތައް އަޅަންފަށަފައިވާ ކަމަށެވެ.

ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. އެމަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އެ ޕްރީކާސްޓު ސްޓްރަކްޗަރ ތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށެވެ. އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެ އެވެ.

ތިލަމާލެ ބްރިޖްއަށް ބޭނުންވާ ޕްރީކާސްޓް ސްޓްރަކްޗާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށަފައި.

ތިލަ މާލެ ބްރިޖްގެ ޑެކްގެ މަސައްކަތް މާލެ ފަޅިން މިދިޔަ އޭޕްރީލް މަހު ވަނީ ފަށާފަ އެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނިގޮތުގައި ބްރިޖް ގުޅީފަޅުގެ އެއްގަމާއި ގުޅޭ ހިސާބުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މާލެ ފަޅިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި މި ސަރަޙައްދުގެ ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ދެ ތަނބެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ތިލަމާލެ ބްރިޖްއަށް ބޭނުންވާ ޕްރީކާސްޓް ސްޓްރަކްޗާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

ބްރިޖްގެ ގިނަ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ގާއިމުކޮށްފައިވާ އެފްކޯންސްގެ ސައިޓުގަ އެވެ. މިގޮތުން ތަނބުތަކާއި ބްރިޖްގެ މައި ސްޓްރަކްޗާގެ އެކި ބައިތައް ވަކިވަކިން ހެދުމަށްފަހު ގެންދަން ޖެހޭ ސަރަޙައްދަކަށް ގޮސް އިންސްޓޯލް ކުރުމަށް ވަނީ ނިންމާފަ އެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގައި މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅައިލަން އަޅާ ތިން ބްރިޖް އަޅަނެ އެވެ. އަދި ތިން ކޯޒްވޭ އަކާއި 6695 މީޓަރުގެ ދިގު ރޯޑް ނެޓްވޯކެއް އަޅާނެ އެވެ.