ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އިންސްޓަގްރާމް އެކައުންޓް ވެރިފައިކޮށްފި އެވެ.

ރާއްޖޭގެ ފިލްމީ ތަރިންގެ ތެރެއިން އިންސްޓަގްރާމްގައި ފޮލޯވަރުން އެންމެ ގިނައީ މަޝްހޫރު ފިލްމީ ތަރިއަކީވެސް މަރިޔަމް އައްޒަ އެވެ. އަދި މިއީ ދިވެހި ފިލްމީ ތަރިޔަކުގެ އިންސްޓަގްރާމް އެކައުންޓް ވެރިފައިކުރި ފުރަތަމަ ފަހަރު އެވެ.

އިންސްޓަ ވެރިފައި ކުރުމުން އެކަން ފާހަގަ ކުރުމަށް އައްޒަ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިއީ އޭނާގެ ހުވަފެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި އެކަމުގެ އުފަލުގައި ފޭނުންނަށް އޭނާ ޝުކުރު އަދާކުރި އެވެ.

އައްޒަގެ އިންސްޓަ ޕޮލޮވާސްގެ އަދަދު އުޅެނީ 109،000 އަށް ވުރެ މަތީގަ އެވެ.

އައްޒަ މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް މެލޭޝިއާގަ އެވެ.

އައްޒަ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

އޭނާ އެންމެފަހުން ފެނުނީ މިދިޔަ އެޕްރީލް މަހު ނެރުނު އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އިންނެވެ. އަދި ބައިސްކޯފުން މިހާރު ގެނެސްދެމުން އަންނަ އައްޒަގެ އާއިލީ ޕްރޮޑަކްޝަން، ޔާރާގެ ވެބް ސީރީޒް "ޔާރާ"ގައި ވެސް އޭނާ ފެނިގެންދެ އެވެ.

އުމުރުން ނުވަ އަހަރުގައި އައްޒަ ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފަ އެވެ. އައްޒަ ފުރަތަމަ ކުޅުނު ފިލްމަކީ އޭނާގެ މަންމަގެ އެދުމުގެ މަތިން ކުޅެފައިވާ ފިލްމެކެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "މާޒީ" ގައި ކުޑަކުއްޖެއްގެ ރޯލުންނެވެ. އޭރުވެސް އައްޒަގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) އަކީ ފިލްމީ ދާއިރާގައި ވަރުގަދަ ނަމެކެވެ. ނަމަވެސް އޭގެ ފަހުން ފިލްމީ އުފެއްދުމަކުން ދެން އޭނާ ފެނުނީ 2005 ވަނަ އަހަރު އެވެ. އެ ލަވައިން ލިބުނު މަގުބޫލުކަމާއެކު އައްޒަ ފިލްމީ މަސައްކަތް ފެށި އެވެ. އޭގެ ފަހުން ގިނަ ފިލްމުތަކާއި ސީރިޒްތަކެއްގައި އައްޒަ ވަނީ މަސައްކަތްކޮށްފަ އެވެ.

2017 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފިލްމް އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް އައްޒަށް ވަނީ ލިބިފަ އެވެ.