ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 48 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޓެސްޓްކުރި 3314 ސާމްޕަލްގެގެ ތެރެއިން 19 މީހަކު ވަނީ މާލެ އިން ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތަކުން 15 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،325 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13،463 އަށް ވަނީ އަރައިފައެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 806 އެވެ. އޭގެތެރެއިން 58 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގަ އެވެ. އަދި އައިސީޔޫގައި އެކަކު އެބައޮތެވެ.

މި ބަލި ޖެހިގެން 49 މީހުން ރާއްޖެއިން މިހާތަނަށް ވަނީ މަރުވަފަ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ ގއ. ދެއްވަދޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، ލ. ފޮނަދޫ، ލ. ގަމެވެ.