ޒުވާން ތަރި ތާޕްސީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ތަރި އެކެވެ. ދުވަސްތަކެއް ވަންދެން ގެއްލިފައި ހުުރުމަށްފަހު އޭނާ ވަނީ ވަރަށް ފަހުން އިންސްޓަގްރާމްގައި އޭނާ ވަނީ "އާސްކް މީ އެނީތިން" ސެޝަންއެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ސެޝަންގެ ތެރެއިން އޭނާ ކައިވެނި ކުރާނީ ކައިވެނި ކުރާނީ ކޮން އިރަކުންތޯ މީހަކު ކުރި ސުވާލަކަށް ތާޕްސީ ދިން ޖަވާބަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ތާޕްސީ ބުނީ އޭނާ އަދި ބަނޑުބޮޑު ނޫން ކަމަށާއި އެހެން ކަމުން އަވަސް މުސްތަގްބަލެއްގައި ކައިވެނި ކުރަން ނުވިސްނާ ކަމަށެވެ.

ހިނިގަނޑަކާއެކު ތާޕްސީ އެހެން ބުނިއިރު އޭނާގެ ޖަވާބަކީ ބޮލީވުޑްގެ ބައެއް ތަރިންނަށް އަމާޒުކޮށް ބުނި ބަހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެގޮތުން އެ ބަހުން ދޭހަވަނީ ބޮލީވުޑްގެ ތަރިން ކައިވެނި ކުރަނީ ބަނޑުބޮޑު ވުމުން އެނޫން ގޮތެއް ނެތުމުން ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެގޮތުން ބަލާއިރު ފާހަގަ ކޮށްލެވޭ އެއް ޖޯޑަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެވެ. އެ ދެމީހުންގެ ކައިވެންޏަށް ހަތްމަހުގައި އާލިއާ ވަނީ އޭނާގެ އަލަތު ދަރިފުޅު ވިހާފަ އެވެ. އެހެން ކަމުން ކައިވެނި ކުރިއިރު އާލިއާގެ ބަނޑަށް ދެ މަސް ވާނެ ކަމަށް ބެލެވެ އެވެ.