މިމަހުގެ މިހާތަނަށް 40،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 40،426 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47.9 ޕަސެންޓް ދަށް އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 10،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި ޓޫރިސްޓުންނަށް 582 ތަނެއް މިހާތަނަށް ވަނީ ހުޅުވާފަ އެވެ. މީގެ ތެރޭގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ވެސް ހިމެނެ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖޭގެ 42،300 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
"ޖޭމްސް ބޮންޑް"ގެ ގޮތުގައި އާ މޫނެއް؟
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
ގައުމު ދޫކޮށް ދާން ވެނެޒުއެލާގެ ރައީސަށް ޓްރަމް އަންގައިފި
