ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ދަރިފުޅު އިޝާން ޝެޓީ ފިލްމު މޭކިން ކިޔަވަން އިނގިރޭސިވިލާތަށް ގޮސްފި އެވެ.

ރޯހިތު ވަނީ އޭނާ ދަރިފުޅު އިޝާން ފިލްމު އުފެއްދުމުގެ ދާއިރާއިން ކިޔެވުމަށް ލަންޑަންގެ ސެންޓްރަލް ފިލްމު ސްކޫލަށް ޖޮއިންކޮށްފައިވާ ކަން ހާމަކޮށްފަ އެވެ.

ރޯހިތު އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މަޝްހޫރު ފިލްމް ސްކޫލްގެ ކުރިމަތީގައި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ރޯހިތަކީ އެކްޝަން ފިމްމުތައް ގެނެސްދޭ ޑައިރެކްޓަރެކެވެ. ރޯހިތުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ގޯލްމާލް" ސިލްސިލާގެ ފިލްމުތަކާއި "ޗެންނާއި އެކްސްޕްރެސް" އަދި "ސިންހަމް" ހިމެނެ އެވެ.

މިދިޔަ އަހަރު ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނު "ސާކަސް" އަށް ފަހު، ރޯހިތު މިހާރު އަންނަނީ އަޖޭ ދޭވްގަނާ އެކީ "ސިންގަމް" ގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" ހަދަން ތައްޔާރީތައްވަމުންނެވެ.

މި ފިލްމު ސީރީޒަކީ އޭނަގެ "ކޮޕް ޔުނިވާސް" ގެ ފުރަތަމަ ބަ އެވެ. އޭގައި ދެން ހިމެނެނީ ރަންވީރު ސިންގުގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ. އަދި ކޮޕް ޔުނިވާސް އަށް ސިދާތު މަލްއުތުރާއާ އެކީ "އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި ވެބް ސީރީޒެއް ވެސް ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރޯހިތު މިހާރު ފެންނާނީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 އިންނެވެ. އޭނަ އަކީ އެ ޝޯގެ ހޯސްޓެވެ.