އެކްސްގެ ނަމަށް ޓްވިޓާ ބަދަލުކޮށް ރިބްރޭންޑްކޮށް ނިމޭއިރު، އެ އެޕްލިކޭޝަނުގައި ހުންނާނީ ހަމަ އެކަނި ޑާކް މޯޑް ކަމަށް ޓްވިޓާގެ ވެރިޔާ އެލަން މަސްކް ބުނެފި އެވެ. މުޅިން ތަފާތު "އެވްރީތިންގް އެޕް" އެއްގެ ގޮތުގައި އެލަން މަސްކް ސިފަކުރާ އާ ޓްވިޓާ އެޕް، އެކްސްއަށް ޓްވިޓާ މިހާރު އޮތީ ޓްރާންސްފާކުރުމުގެ މަގުމަތީގަ އެވެ.

އެކްސްގެ ކުލަޔަކަށް ވާނީ ކޮން ކުލައެއްތޯ ޓްވިޓާގައި މީހަކުކުރި ސުވާލަކަށް ޖަވާބު ދެމުން މަސްކް ބުނިގޮތުގައި ޓްވިޓާ އެކްސް ޕްލެޓްފޯމަށް ޓްރާންސްފާކޮށް ނިމޭއިރު އެ ޕްލެޓްފޯމުގައި ހުންނާނީ ހަމައެކަނި ޑާކް މޯޑެވެ. އެ މޯޑް ބަދަލު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. މަސްކު ބުނިގޮތުގައި ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅީ ޑާކް މޯޑެވެ.

ހަމަ އެކަނި ޑާކް މޯޑް ހިމެނޭ އެލަން މަސްކްގެ "އެވްރީތިންގް" އެޕް، އެކްސްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކުންފުނީގެ އާ ޗީފް ލިންޑާ ޔަކަރިނޯ ވަނީ އާ އެޕް އެކްސް އާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

ޔަކަރިނޯ ކުރި ޓްވީޓެއްގައި ވާގޮތުން އެކްސް އެޕަކީ ސޯޝަލް ނެޓްވޯކްގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ލިބޭނެ އެޕްކެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެކްސް އިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އޯޑިއޯ ވީޑިއޯ މެސެޖާއި ބޭންކިން އާއި ޕޭމެންޓް ޚިދުމަތާއި މާކެޓް ޕްލޭސް ގެ ޚިދުމަތް ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގެ ކަންތަކާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްވިޓާގެ މަޝްހޫރު ލޯގޯ ނޫ ދޫނި އެކްސްއަކަށް ބަދަލުކޮށް އެ ޕްލެޓްފޯމް ދަތުރުކުރަމުން ދަނީ ޓްވިޓާ ބޭނުން ކުރި މީހުން އެ ބޭނުން ކުރި ބޭނުންތަކާ މުޅިން ތަފާތު ދިމާއަކަށެވެ. އެހެންކަމުން ޓުވިޓާ ބޭނުން ކުރަމުންދާ ގިނަ ބަޔަކު އެ ޕްލެޓްފޯމް ދޫކޮށްލުން ގާތެވެ.