ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސަނޮން އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކޮށްފި އެވެ.
ދާދިފަހުން އަމިއްލަ ފިލްމު ކުންފުންޏެއް ހުޅުވި ކްރިތީ އޭނާގެ އުފަންދުވަހާއި ދިމާކޮށް ލޯންޗްކޮށްފައިވަނީ "ހައިފަން" ކިޔާ ބްރޭންޑެކެވެ.
"ހައިފަން" އަކީ އަންހެނުންގެ ހުރިހާ ވައްތަރެއްގެ ހަމަކާ ގުޅޭ އުފެއްދުންތައް ލިބެން ހުނާނެ ކަމަށް ކްރިތީ ބުންޏެވެ. ކްރިތީ ބުނީ އަނެއްކާ އިތުރު އެހެން ކަމަކަށް އިންވެސްޓްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކުރުމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"ހައިފަން" އަކީ ކްރިތީ އާއި އިތުރު ބަޔަކު ގުޅިގެން އުފެއްދި ބްރޭންޑެކެވެ.
2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އަދިޕުރުޝް" އެވެ. މިފިލްމުގައި ކްރިތީގެ އިތުރުން ފެނިގެންދާނީ ޕްރަބާސް އާއި ސައިފް އަލީ ހާން އެވެ.
ކްރިތީ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއި އެކު ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ކަރީނާ ކަޕޫރާއި ތައްބޫއާ އެކީ ކުޅޭ "ދަ ކްރޫ" ހިމެނެ އެވެ.
ބޮލީވުޑްގައި މަސައްކަތް ކުރާ ބައެއް އެކްޓަރުން އަންނަނީ ވިޔަފާރީގައިވެސް ހަރަކާތެރިވަމުންނެވެ. އަދި އަމިއްލަ އުފެއްދުންތަކެއްޗެސް ލޯންޗްކުރަމުންނެވެ.