ދުނިޔޭގެ 93 މިލިއަން މީހުންނަށް ބަލި ޖެއްސުމަށް ފަހު މިހާރު އައިސްކްރީމް ތައްޓެއް ވެސް މިވަނީ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ވެފަ އެވެ.

ޗައިނާގެ އިރުއުތުރު ޓިއަންޖިން މުނިސިޕަލްޓީއިން ކުރި ފުޑް އިންސްޕެކްޝަނެއްގައި ޗޮކްލެޓް، ސްޓްރޯބެރީ އަދި ޓަރޯ ފްލޭވާގެ ސާމްޕަލްތައްކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މި ސާމްޕަލްތަކަކީ ޓިއަންޖިންގައި ކޭކާއި އައިސްކްރީމް ފަދަ ކާބޯތަކެތި އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ އައިސްކްރީމްތަކުގެ ސާމްޕަލްތަކެކެވެ. އެ ކުންފުނި ވަނީ މިހާރު ލޮކްޑައުންކޮށްފަ އެވެ. އަދި އެ ކުންފުނިން ޑިސްޓްރިބުއުޓް ކޮށްފައިވާ ހުރިހާ ސާމާނެއް ޓްރެކްކޮށްފައިވާ އިރު، އެ ކުންފުނީގައި މަސައްކަތް ކުރާ 1،662 މުވައްޒަފުން ވަނީ ކަރަންޓީނު ކޮށްފަ އެވެ.

އެ އައިސްކްރީމްތައް މާކެޓަށް ނެރެވިފައިވުމުން އެއްވެސް މީހަކު، އެ އައިސްކްރީމް ނުގަތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އައިސްކްރީމަށް ކޮވިޑް-19 އެރީ ކިހިނެތް ކަން ދެނެގަނެވިފައެއް ނުވެ އެވެ. މީގެ ކުރިން 2010 ވަނަ އަހަރު ފެތުރުނު ސާސް ކޮރޯނާވައިރަސްއާއި ގުޅޭ ދިރާސާތަކުން ދައްކާގޮތުގައި، 39 ޑިގްރީ ފެރެންހައިޓްގެ ފިނިކަމުގައި 28 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ކޮރޯނާވައިރަސް މަރުނުވެ ހުރެ އެވެ.