ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން ނިންމާފައިވާކަން ކަށަވަރުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބު ކުރީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގަ އެވެ. ޕްރައިމަރީ އަށް ހުޅުވާލުމުން ކުރިމަތިލެއްވީ އިލްޔާސް އެކަންޏެޔެ، ވޯޓު ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ޑިމޮކްރެޓްސް އިން ގެންދަނީ ރިޔާސީ އިންތިހަބަށް ކެމްޕެއިން ކުރުމަށް މާލޭގައާއި އަތޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންނަމުންނެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަނަް އުޅެ ކަމަށް ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރެއް ނަން ނުޖެހުމަށް އެދި ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މިހަފްތާތެރޭގައި ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު އެކަން ރަސްމީކޮށް އިއުލާން ކުރަާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާގުޅެގޮތުން ޑިމޮކްރެޓްސް އިން ރަސްމީކޮށް އަދި އެއްޗެއްނުބުނެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަސް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ.