ގާހިރާ (18 ޖެނުއަރީ) - މިސްރުގެ ކޯޓަކުން މުސްލިމް ބްރަދަހޫޑްގެ 89 މެމްބަރުންނާއި މިސްރުގެ ފުރަތަމަ ބޭއްވުނު މިނިވަން އިންސާފުވެރި އިންތިހާބު ކާމިޔާބުކުރި ކުރީގެ ރައީސް މުހައްމަދު މުރުސީ މުދާތަށް ދައުލަތަށް ނެގުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
މިސްރުގެ މީޑިއާއިން ބުނިގޮތުގައި އެ ގައުމުގެ މުހިންމު ކަންތައްތަކަށް ގޮތް ނިންމާ ކޯޓަކުން މި ގޮތަކަށް ނިންމީ މުސްލިމް ބްރަދަހުޑްގެ މެމްބަރުންގެ މުދާތައް އަތުލުމަށް މިސްރުގެ ސަރުކާރުން އުފެއްދި ހާއްސަ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކާ ގުޅިގެންނެވެ. މުދާތައް އަތުލުމަށް އަމުރުކުރި މީހުންގެ ތެރޭގައި މުސްލިމް ބްރަދަހޫޑްގެ ސްޕްރީމް ގައިޑް މުހައްމަދު ބަދައި، އަދި އޭނާގެ ނައިބު ހައިރަތު އަލް ޝަޓެއި އާއި، އިތުރު މެމްބަރުން ކަމަށްވާ މުހައްމަދު ބެލްޓަގީ، އަބްދުލް ރަހްމާން އަލް ބަރް އަދި އަހްމަދު ޑިއާބް ހިމެނެ އެވެ. މީގެ އިތުރުން މުރުސީގެ ވެރިކަމުގެ ޔޫތު މިނިސްޓަރު އުސްމާން ޔަސިން އަދި ސަޕްލައި މިނިސްޓަރު ބައްސެމް އޮއުދާ އެވެ.
މުރުސީ ވެފައި ވަނީ މިސްރުގައި 30 އަހަރު ވަންދެން ވެރިކަންކުރި ހުސްނީ މުބާރަކްގެ ވެރިކަން ނިމި، ގައުމު ހަމަމަގަށް އެޅުވުމަށް ބޭއްވުނު މިނިވަން އިންސާފުވެރި އިންތިހާބު ކާމިޔާބުކުރެއްވި ރައީސްއަށެވެ.
ވެރިކަމުގެ ފުރަތަމަ އަހަރުގައި މިސްރުގެ ސިފައިން ވަނީ ވެރިކަން ބަޣާވާތަކުން ވައްޓާލައި، މުރުސީ ނިސްބަތްވާ މުސްލިމް ބްރަދަހޫޑްގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، ޝަރީއަތްކޮށް އެތަށް ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ.
މޫރްސީ ހައްޔަރުކޮށް ޝަރީއަތް ހިންގުމަށް ޖަލުގައި އޮންނަވަނިކޮށް ވަނީ 2019 ޖޫން ގައި ވަނީ އަވަހާރަވެފަ އެވެ.
މޫރުސީ އަވަހާރަވެފައި ވަނީ އެ ބޭފުޅާގެ މައްޗަށް ކުރި ދައުވާތައް އަޑުއެހުމަށް ކޯޓަށް ހާޒިރުވި ފަހުންނެވެ. - އަލް ޖަޒީރާ