ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ހއ. އަތޮޅަށް ހުޅުވާލައިގެން ހއ. އަތޮޅު ހޮސްޕިޓަލާއި ހއ. ދިއްދޫ ކައުންސިލާއެކު ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސްޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ޔުރޯލޮޖީ ޑޮކްޓަރު، ޕަލްމޮނޮލޮޖީ ޑޮކްޓަރު، ޑާމަޓޮލޮޖީ ޑޮކްޓަރު އަދި ކާޑިއޮލޮޖީ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ.

މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިން ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިގެންދާނެ އެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓުންނަކީ ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވާލް، ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. އަނޫ އަގަރްވާލް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް ޑރ. އަލީ މުޒްނީ، އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރު ރަވާލް، ކޮންސަލްޓަންޓް ޕަލްމޮނޮލޮޖިސްޓް ޑރ. ރަގުލާން ރާޖަލިންގަމް އަދި ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް ޑރ. މެހްމެތު އޮޑާ އެވެ.

ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.