މަނީ ލޯންޑަރިން މައްސަލައެއްގެ ތުހުމަތު ކުރެވޭ ބޮލީވުޑްގެ އެކްޓްރެސް ޖެކޮލީން ފެރްނާންޑޭޒްއަށް ކޯޓުގެ ހުއްދައަކާ ނުލައި އިންޑިއާއިން ބޭރުވުމުގެ މިނިވަންކަންއެންމެފަހުން ލިބިއްޖެ އެވެ.

200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑަރިން މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރެވުނު ޖެކޮލީން މިހާރު ހުރީ ކަފާލާތުގެ ދަށުން މިނިވަންވެފަ އެވެ.

ކަފާލާތުގެ ޝަރުތުތަކުގެ ތެރޭގައި ޝަރީއަތަށް 50000 އިންޑިއާ ރުޕީސް ދެއްކުމާއެކު ކޯޓުގެ ހުއްދަައަކާނުލާ އިންޑިއާއިން ބޭރުވުން މަނާ ކުރެވިފައި އޮތެވެ.

ނަމަވެސް މިޝަރުތު މިހެން އޮތުމުން ޖެކޮލީންގެ މަސައްކަތްތައް ހުންނަ ގޮތުން ވަރަށް ގިނައިން ގައުމުން ބޭރަށް ދާން ޖެހޭތީ މަސައްކަތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާގެ ވަކީލު ބުނެފައިވެ އެވެ.

އެހެން ކަމުން ކަފާލާތުގެ އެއްވެސް ޝަރުތަކާ މިހާތަނަށް އޭނާ ޚިލާފު ވެފައިނުވާތީ އެ ޝަރުތު ލުއިކޮށްދޭން ނިންމީ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ

ޖެކޮލީންއަކީ ސްރީލަންކާގެ ރައްޔިތެއް ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އިންޑިއާގަ އެވެ. އޭނާއަކީ އިންޑިއާގެ ސަރުކާރަށް ގަވާއިދުން އިންކަމް ޓެކްސް ވެސް ދައްކަމުން އަންނަ ފަރާތެކެވެ.