ރޭގަނޑު އައިފޯނު ޗާޖަށް ޖަހައިގެން އޮވެ ނުނިދުމަށް މަޝްހޫރު ޓެލެކޮމް ކުންފުނި އެޕަލްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފި އެވެ.
އެޕަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފޯނު ޗާޖަށް ޖެހުމަށްފަހު ކައިރީގައި ބާއްވައިގެން އޮވެ ނިދުމަކީ ސިއްހީ އަދި މާއްދީ ގިނަ ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ.
އެގޮތުން ފޯނު ހޫނުވެ އަލިފާން ރޯވުމާއި ކަރަންޓުގައި ޖެހުމުގެ އތުރުން ފޯނުގެ ސޮފްޓްވެއާ މައްސަލަ ޖެހުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ކަމުން ފޯނު ޗާޖަށް ޖަހާފައި ބޭއްވުން އެންމެ އެދެވިގެންވަނީ ރަނގަޅަށް ވައި ވަންނަ ތަންތަނުގައި ކަމަށް އެޕަލްއިން އިރުޝާދުދެ އެވެ.
މީގެ އިތުރުން ފޯނު ޗާޖުކުރާ ސަރަހައްދުގައި ދިޔާތަކެތި ގެންގުޅުމާއި ކާބޯތަކެތި ބޭނުން ކުރުމުން ވެސް ދުރުވުމަށް އެ ކުންފުނިން ލަފާދީފައިވެ އެވެ.
ނިދާއިރު ފޯނު ޗާޖަށް ޖެހުމުން ފޯނު ގޮވުމުގެ ގިނަ ހާދިސާތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީގެ ކުރިން ރިޕޯޓު ކޮށްފައިވެސް ވެ އެވެ.
އައިފޯނުގެ ޗާޖު ގިނައިރު ހިފަހައްޓާނީ އެގޮތުގެ މަތިން ކަމަށާއި އެހެން ނޫންނަމަ ވަރަށް އަވަހަށް ބެޓެރި މައްސަލަތައް ޖެހެން ފަށާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި