ބުރަ އަދި ވަރުބަލި ދުވަހަކަށްފަހު އެންމެންވެސް ހިޔާރުކުރަނީ އޮށޯވެ ނިދާލުމަށެވެ. އެކަމުގެ ސަބަބުން ވަރުބަލިކަން ފިލި ނަމަވެސް ވިސްނަންޖެހޭ ކަންތަކާއި ވިސްނުންތަކުން ދުރުވާން އުނދަގުލެވެ.
ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި އަވަދިނެތި މަސައްކަތުގައި އުޅުމަށްފަހު ކުލަޖައްސާ ފޮތެއްގައި ކުލަޖެއްސުމަށް ވަގުތުކޮޅެއް ހޭދަކޮށްލާނަމަ އެކި ވިސްނުންތަކާއި ދުރުވެ ސިކުނޑިއަށް ފަސޭހަކަން ލިބެ އެވެ.
ޑްރެސެލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ގިރިޖާ ކައިމަލް ހެދި މިދިރާސާގައި ވަނީ 19 އަހަރާއި 67 އަހަރުގެ މީހުން ބޭނުންކޮށްފަ އެވެ. 40 މިނެޓަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ވަނީ އާދައިގެ ކުލަ ބޭނުންކޮށްގެން ފޮތެއްގައި ކުލަޖެއްސުމަށާއި އާޓް ތެރަޕިސްޓެއްގެ އެހީގައި ކުލަޖެއްސުމަށް އެދިފަ އެވެ.
އެގޮތުން އެއްބަޔަކު ތަނެއްގައި އެކަނި އިނދެގެން ކުލަޖެއްސުމަށް ބުނެފައިވާއިރު އަނެއްބަޔަކު އާރޓް ތެރަޕިސްޓާއިއެކު ކުރިއަށްގެންދިޔަ މަސައްކަތުގައިވެސް އެމީހަކު އަމިއްލައަށް ކުރެހުމެއް ކުރަހަ އެވެ. އަދި ތެރަޕިސްޓްގެ އެހީއަށް އެދިފިނަމަ ކިޔައިދެ އެވެ.
އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން އެކަނި އިނގެދެން ކުލަޖެއްސުމުން 14 ޕަސެންޓްގެ ސްޓްރެސް ފިލަވައިދެ އެވެ. އަދި އާޓް ތެރަޕިސްޓެއްގެ އެހީގައި ކުލަޖެއްސުމުން 10 ޕަސެންޓްގެ ސްޓްރެސް ފިލުވައިދެ އެވެ. އޭގެ އިތުރުން ނުރަނގަޅު ވިސްނުންތަކާއި ދުރުކޮށް އުފެއްދުންތެރި ހިޔާލުތައް އިތުރުކޮށްދިނުމަށްވެސް މިކަމުގެ ސަބަބުން އެހީވެދެ އެވެ.
މި ސަބަބުތަކަށްޓަކައި ކުލަ ޖެއްސުމަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް ކުރަން ރަނގަޅު ކަމެކެވެ