އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި އެވެ.
އުމަރު ވިދާޅުވީ ޑްރަގް ލޯޑްސްގެ ފަރާތުން މަރުގެ އިންޒާރު އޭނާއަށް ލިބެމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ އޭނާގެ ސެކިއުރިޓީ ބަލަމުން އަންނަ އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވަނީ އޭނާއަށް ލިބެމުންދާ އިންޒާރުގެ ސްކްރީން ޝޮޓްތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ދާދިފަހުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި އޭނާ ހުންނަވަނިކޮށް ވެސް ވަނީ ހަމަލާދީފަ އެވެ. ދަގަނޑު ބުރިއެއް އެއްލައި އުމަރަށް ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާއިރު އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.
އުމަރު ނަސީރު ވިދާޅުވީ އެފަހަރު ވެސް އޭނާއަށް ހަމަލާ ދީފައިވަނީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އުމަރަކީ ޑްރަގް ވިޔަފާރި ހުއްޓުވަން ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ކެމްޕެއިންގައި އެންމެ ބޮޑަށް އުމަރު ދައްކަވަނީ ވެސް ޑްރަގްގެ ވަބާ ރާއްޖެއިން ނައްތާލައްވާނެ ކަމުގެ ވާހަކަ އެވެ. އެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
އީރާނުގައި އަދިވެސް ހަމަލާ ދޭން ޖެހޭ ދެ ތަނެއް އެބަހުރި: ޓްރަމްޕް
ސްޓްރޯކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަން
ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ޢުމަރަށް ސާބިތުކަން ދެއްވާށި ... އާމީން