ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އެޕަލްގެ އައިފޯން 15 އަންނަ މަހުގެ 12 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
މި ރިޕޯޓުތައް އައިސްފައި މިވަނީ ކޮންމެ އަހަރަކު ވެސް އައިފޯން ނެރެން އެޕަލްއިން ބާއްވަމުން އަންނަ އެކުންފުނީގެ އެނުއަލް އިވެންޓް އެ ތާރީހުގައި ބާއްވަން އިއުލާން ކުރުމާއެކުގަ އެވެ.
ތަފާތު ލޯގޯއަކާއި ޓެގްލައިންއަކާއެކު އެޕަލްއިން އިއުލާން ކޮށްފައިވާ މި އިވެންޓުގައި ވެސް އެކުންފުނީގެ މުޅިން ތަފާތު ކަމެއް ދައްކާލާނެ ކަމަށް ބެލެވެ އެވެ.
އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް ލޯގޯއާއި ޓެގްލައިން ގުޅުވާލައިފައި އޮންނަނީ އެ އަހަރަކު އެ ކުންފުނިން ދައްކާލަން ހަމަޖެހިފައިވާ ކަމަކާ އެވެ. މިފަހަރުގެ ޓެގްލައިން އަކަށް އެޕަލްއިން އިން ހަމަޖައްސާފައިވަނީ "ވޮންޑަލަސްޓް" އެވެ.
ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި އެޕަލްގެ އެއިވެންޓުގެ ތެރެއިން އައިފޯން 15 އަދި އައިފޯން 15 ޕްރޯ އާއްމުކޮށް ނެރޭނެ އެވެ.
އައިފޯން 15 ގައި ބެޓެރީ އަދި ކެމެރާގެ ބާރުގަދަ ވުމުގެ އިތުރުން އައިފޯނަށް ހާއްސަ ޗާޖިން ޕޯޓުގެ ބަދަލުގައި "ސީ" ޕޯޓަކަށް ބަދަލު ކުރާނެ ކަމަށް އެޕަލްއިން މީގެ ކުރިން ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 12 ވަނަ ދުވަހު އޮންނަ އިވެންޓުގައި އައިފޯންގެ އިތުރުން އެޕަލް ވޮޗްގެ އާ މޮޑެލްތަކެއް ވެސް ނެރޭނެ ކަމަށް ލަފާ ކުރެވެ އެވެ.