އއ. މަތިވެރި ކައިރީގައި އޮތް މަތިވެރި ފިނޮޅު އެ ރަށުގެ އިހްތިސާސްގެ ތެރެޔަށް ގާއެރިފަރު ހިންނަވަރުގެ އިހުތިސާސްގެ ތެރޭގައި ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އެ ދެ ރަށުގެ އިހްތިސާސްތަކުގެ ތެރެއަށް ދެ ރަށް އިތުރުކުރުމަށް ނިންމައި ރައީސް ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.
މަތިވެރި ކައިރީގައި އޮންނަ މަތިވެރި ފިނޮޅު ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސް އަރިހު އެދުނީ 2021 ވަނަ އަހަރު އެވެ.
މަތިވެރި ފިނޮޅު އޮންނަނީ ރިސޯޓެއް ތަރައްގީ ކުރުމަށް އަމިއްލަ ބަޔަކަށް ދޫކޮށްފަ އެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 2014ގައި 50 އަހަރުގެ މުއްދަތަކަށެވެ.
ގާއެރިފަޅު މިހާރު އޮންނަނީ މަސްވެރިކަމުގެ ބޭނުމަށް އަމިއްލަ ބަޔަކަށް ދޫކޮށްފަ އެވެ. އެ ރަށް އެ މީހުންނާ ހަވާލުކުރީ 2016 ވަނަ އަހަރު، 21 އަހަރުގެ މުއްދަތަކަށެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ މަރު
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު ކުއްޖަކު މަރު
ތެލުގެ ސަބްސިޑީ ދެން ލިބޭނީ ރަޖިސްޓްރީ ވެގެން