މައްސަލަ ބޮޑު ބޮލީވުޑްގެ އެކްޓްރެސް ރާކީ ސާވަންތުއަށް ފާތިމާގެ ނަމުން މުހާތަބު ކުރުމަށް އޭނާ އިންޑިއާގެ މީޑިއާގެ ކިބައިން އެދެފި އެވެ.

ރާކީ މިފަދައިން އެދިފައިވަނީ މައްކާގައި އުމްރާއެއް ފުރިހަމަ ކުރުމަށްފަހު އެނބުރި އިންޑިއާއަށް އައިސް މުމްބާއީ އެއާޕޯޓު ތެރެއިން މީޑިއާއާ ވާހަކަ ދައްކަމުންނެވެ.

ރާކީއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއާޕޯޓަށް އެއްވިއިރު ރާކީ ވަނީ ފިރިހެން ސަޕޯޓަރަކު އޭނާގެ ކަރުގައި މާފަތި އަޅުވަން އުޅުމުން އެކަމަށް ދެކޮޅު ހަދާފަ އެވެ.

އެއާއެކު މީޑިއާ އޭނާއަށް ރާކީގެ ނަމުން ގޮވަން ފެށުމުން އޭނާ ވަނީ އޭނާއަކީ ރާކީ ނޫން ކަމަށާއި ފާތިމާގެ ނަމުން މުހާތަބު ކުރަން ބުނެފަ އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ރާކީ ވަނީ އޭނާގެ ކުރީގެ ފިރިމީހާއާ ދެމެދު ޖެހިފައިވާ މައްސަލައާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން އާދިލް ޚާންއަކީ "ޑްރާމާބާޒް"އެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ރާކީ ވަނީ މީގެ ކރިން އޭނާ އިސްލާމްވީ ފިރިމީހާ އާދިލް މަޖުބޫރު ކުރުވައިގެން ކަމަށް ކޯޓަށް ހުށައެޅި ގެވެށި އަނިޔާގެ މައްސަލައިގައި ބުނެފަ އެވެ.

މިހެން ބުނެފައި އޮއްވާ އުމްރާއަށް ދިއުމުން އެއީ އާއްމުންގެ ސަމާލުކަން ހޯދަން އޭނާ ކުރި ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.