އައްޑޫ ސިޓީން ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޝަރުތު ހަމަވާ 4،160 މީހުންނަށް ގޯތި ދޫކުރާނީ ބައިތަކަކަށް ބަހާލައިގެން ކަމަށެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށަކުން 1،000 ގޯތި ދޫކުރުމަށް މި އަހަރުގެ ކުރީ ކޮޅު ވަނީ ނިންމައިފަ އެވެ.

އެއްހާސް ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3،972 މީހުންނެވެ. އަދި ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނެފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭނެ ކަމަށެވެ.

އައްޑޫ އިން ގޯތި ދޭން ނިންމާފައި ވަނީ:

ހިތަދޫން 1،500 އަކަފޫޓުގެ 500 ގޯތި

ފޭދޫން 1،500 އަކަފޫޓުގެ 300 ގޯތި

ހުޅުދޫން 2،000 އަކަފޫޓުގެ 100 ގޯތި

މީދޫން 2،000 އަކަފޫޓުގެ 100 ގޯއްތި