އިސްލާމް އާބާދު (21 ޖެނުއަރީ) - ޗައިނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި އެ ގައުމުގެ ސިނޮޕާމް ވެކްސިންގެ ބައި މިލިއަން ޑޯޒް ޕާކިސްތާނަށް ހަދިޔާކުރުމަށް ނިންމައިފި ބުނެފި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގްރައިޝީ ވިދާޅުވި ގޮތުގައި ޗައިނާއިން ވަނީ ޕާކިސްތާނަށް ވެކްސިން ހަދިޔާކުރަން ނިންމައި އަދި ވެކްސިން ޖެނުއަރީ 31 ގެ ކުރިން ގެންދިއުމަށް ވަނީ އަންގާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ވަރަށް އުފާވެރި ހަބަރެއް ކަަމަށާއި މި ވެކްސިންގެ ސަބަބުން ކޮވިޑް ވައިރަސް އިން ސަލާމަތްވުމަށް ޕާކިސްތާނުން ކުރަމުން އަަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ޕާކިސްތާނުގެ ވެކްސިނަށް ހުއްދަ ދޭ އެޖެންސީން ވަނީ އޮކްސްފޯޑުން އުފެއްދި އެސްޓްރާ ޒެނެކާ ވެކްސިން އަދި ޗައިނާގެ ސިނޮޕާމް ވެކްސިން އެ ގައުމުގައި ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު 1.1 މިލިއަން ވެކްސިން ބޭނުންވާނެ ކަމަށް ޗައިނާގެ އޮފިޝަލުންގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ނިޔަލަށް ޕާކިސްތާނުން އެދުނު ފަދައިން ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ.

ޕާކިސްތާނުން އަންނަނީ ޗައިނާގެ ކެންސިނޯ ބަޔޮލޮޖިސްޓިކްސް އިންކްގެ ވެކްސިނެއް ޓެސްޓުކުރުމުގެ މަރުހަލާ ފަށައިފަ އެވެ. މި ޓެސްޓްތަކުގައި 17500 މީހުން ބައިވެރިވެފައިވާ ކަމަށާއި އަދި މިހާރު ދަނީ މިވެކްސިންގެ ފޭސް ތިނެއްގެ ޓެސްޓްތައް ކަމަށް ޕާކިސްތާނުގެ ހެލްތް ފައިސަލް ސުލްތާން މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ވެކްސިންގެ ނަތީޖާ ފެބްރުއަރީ މަހު ކުރީކޮޅު ލިބޭނެ ކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

ސުލްތާން ވިދާޅުވި ގޮތުގައި މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބިއްޖެނަމަ 20 މިލިއަން ޑޯޒްގެ ވެކްސިން ޕާކިސްތާނަށް ލިބިގެންދާނެ ކަމަށެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުގެ 70 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމަށް ނިންމާފަ އެވެ. އަދި މިކަމަށް މިހާރު ވެސް ވެކްސިން ދިނުމަށް ޕާކިސްތާނުގައި ކުރިއަށްދާ ޕްރޮގްރާމްތަަށް އިތުރަށް ރަނގަޅުކޮށް މި ޕްރޮގްރާމްގެ ތެރެއިން ކޮވިޑް ވެކްސިން ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. – އަރަބް ނިއުސް