ޖަވާންގެ ޑައިރެކްޓަރު އަތުލީގެ ކުރިއަށް އޮތް ފިލްމު ވީޑީ 18ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ ލީޑު އެކްޓަރު ވަރުން ދަވަންއަށް އަނިޔާވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަރުން ބުނީ ޝޫޓިންގެ ތެރެއިން އޭނާގެ ފަޔަށް އަނިޔާވެފައިވާ ކަމަށާއި އެހެން ނަމަވެސް އަނިޔާވީ ކިހިނެއް ކަމެއް ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.
އެ ވީޑިއޯގައި ވަރުން އޭނާގެ ފައި ފިނިކުރި ފެން އެއްޗެއްގެ ތެރެއަށް ލާ މަންޒަރު ފެނެ އެވެ. ފިނިކުރި ފެނުން ތަދަށް ލުއި ލިބގ ކަމަށް ވަރުން ބުނެ އެވެ.
އަތުލީއާއެކު ވަރުން ކުރާ ފުރަތަމަ ފިލްމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ވަރަށް އަވަހަށް އެ ފިލްމުގެ ޕްރޮމޯއެއް ނުކުންނާނެ ކަމަށް ބެލެވެ އެވެ.
މި އެކްޝަން ތުރިލާ ފިލްމުގައި ވަރުންގެ އިތުރުން މުހިއްމު ރޯލުތަކުން ދެން ފެނިގެންދާނީ ކީރްތީ ސުރޭޝްއާއި ވަމިކާ ގައްބީ އެވެ.
ީ
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ތައްޔާރު ތަ؟
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް