ބޮލީވުޑްގައި ކުރިއަރަމުން އައި ތަރި ސުޝާންތު ސިންގު ރާޖްޕުޓްގެ މަރަށް މިވަނީ މަސްތަކެއް ފާއިތުވެގެން ގޮސްފަ އެވެ.
އޭނާގެ ހަނދާނުގައި ދިއްލީގެ ދެކުނުގައި އޮންނަ އެންޑްރޫސް ގަންޖް ރޯޑްއާއި ޖެހިގެން ހަދާ މަގަކަށް ނަންދިނުމަށް މިވަނީ ނިންމާފަ އެވެ.
މިކަމަށް ބޭނުންވާ ހުއްދަތައް ވެސް މިހާރު ލިބިފައިވާއިރު އެ ނަން ވަނީ ފާސް ވެސް ވެފަ އެވެ.
އެސްޑީއެމްސީގެ ކޮންގްރެސް ކައުންސިލާ އަބީޝޭކް ދަތު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެމަގަށް ސުޝާންތުގެ ނަމުން ނަން ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އިސް އޮފިޝަލަކު ބުނިގޮތުގައި އެ ނަން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހު ސީޑީއެމްސީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. 21 ޖެނުއަރީ ވި އެ ބުރާސްފަތި ދުވަހަކީ ސުޝާންތުގެ 25 ވަނަ އުފަންދުވަސް ވެސް މެ އެވެ.
ނަން ކިޔުމަށް ދަތު ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައިވަނީ އެ މަގު އޮންނަ ހިސާބުގައި ދިރިއުޅޭ ގިނަ މީހުން ނިސްބަތްވަނީ ސުޝާންތު ވެސް ނިސްބަތްވާ އަވަށް ކަމަށްވާ ބިހާރަށް ވާތީ، އެ މަގަށް ސުޝާންތުގެ ނަމުން ނަން ދިނުމަށް އެމީހުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
ސުޝާންތު ސިންގު ރާޖްޕުޓް ދަންޖެހިގެން މަރުވެފައި އޮއްވާ ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު، މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ތެރެއިންނެވެ. ސިބީއައި އިން އަދިވެސް ދަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް
މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް ބަންދުކޮށްފި
ހޯކްސްއިން ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
