2007 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ ސުޕަހިޓް ފިލްމު "ޖަބް ވީ މެޓް"ގެ ދެވަނަ ބައެއް ނުކުންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޑައިރެކްޓަރު އިމްތިޔާޒް އަލީ މިހާރު އަންނަނީ މި ފިލްމުގެ ވާހަކައިގެ މަސައްކަތް ކުރަމުންނެވެ.
މި ހަބަރާއެކު އަސްލު ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔަ ކުރީގެ ލޯބިވެރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރު ޚާން އެކުގައި ފެނިދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އެހެން ނަމަވެސް އެ ފިލްމުގެ ދެވަނަ ބައެއް ކަރީނާއަށް ހުށައެޅިފައިނުވާ ކަމަށާއި އެ އަޑުތަކުގެ އަސްލެއް ނެތް ކަމަށް ކަރީނާގެ ތަރުޖަމާނު ބުންޏެވެ.
މީގެ 16 އަހަރު ކުރިން އެ ފިލްމު ނެރުމާއެކު ޝާހިދާއި ކަރީނާއަށް ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފަ އެވެ.
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު
ރިސޯޓުތަކުގެ ވެރިންނަށް ރައީސް: ދައްޗެއް ނުވާނެ
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ