ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އެކްޓިން އަށް ނުކުމެ އެ ސިލްސިލާގެ އަކްޝަރާގެ ރޯލުން ވިދައިލި ބަތަލާ ހީނާ ޚާން ކިޔާފައިވާ ލަވައެއް އާންމުކޮށްފި އެވެ.

ރިއަލިޓީ ސޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ފެނިގެން ދިޔަ ބަތަލާ ހީނާ ކިޔާފައިވާ ލަވާގެ ނަމަކީ "ބަރުސާތު އާ ގައި" އެވެ. މިލަވަ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިލަަަވައަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މިލަވަޔާ ބެހޭ ގޮތުން ހީނާ ބުނީ އަމިއްލަ އަޑުން ލަވައެއް ރެކޯޑްކޮށް، އެ ލަވަ ފޭނުންނަށް ދޫކޮށްލުމަކީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ. އަދި މިއީ ފަންނާނެއްގެ ގޮތުގައި މިހާތަަށް ކުރި އެންމެ ހިތްގައިމު ތަޖުރިބާ ކަމަށް ބުންޏެވެ.

އުމުރުން 35 އަހަރުގެ ބަތަލާ ހީނާ ވަނީ ބޮލީވުޑްގެ ފިލްމެއްގައިވެސް މަސައްކަތް ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރު ރިލީޒްކުރި "ހެކްޑް" އެވެ.

މީގެ އިތުރުން ހނާ ވަނީ "ކަސޯޓީ ޒިންދަކީ ކީ 2" އާއި "ނާގިން 5" ގައިވެސް ފެނިގެން ގޮސްފަ އެވެ.

އަދި ރިއަލިޓީ ސޯ "ހަތުރޯން ކޭ ކިލާޅީ" ގައިވެސް ހީނާ ވަނީ ބައިވެރިވެފަ އެވެ.