ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި އާލިއާ ބަޓް އެކީގައި އިންޑިއާގެ މަޝްހޫރު ގަހަނާ ބްރޭންޑެއްގެ އިޝްތިހާރެއް ކުޅެފި އެވެ.
ކަރީނާ އާއި އާލިއާ ފެނިގެންދަނީ ގަހަނާ ބްރޭންޑެއް ކަމަށްވާ މަލާބާރްގެ އިޝްތިހާރެއްގައި އެވެ. މިއިޝްތިހާރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު މިއިޝްތިހާރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މި އިޝްތިހާރު ވެންޗާގައި މަޝްހޫރު ދެ ބަތަލާއިން ޖަވާހިރު ފިހާރައެއްގެ ތެރޭގައި ހަދިޔާތަކުގެ މައްޗަށް ބިނާކޮށް މަޝްވަރާއެއްގައި ބައިވެރިވެ، އެމީހުންގެ ފޭނުންނަށް އުފާވެރިކަން ލިބުނެވެ. އިޝްތިހާރުގައި ކަރީނާ އާއި އާލިއާ އެކުގައި ފެނިގެން ދިޔުމުން ސަޕޯޓަރުން އަންނަނީ އެމީހުން އެކުގައި ފިލްމެއްގައި ފެނުމަށް އެދޭ ކަމަށެވެ.
މި އިޝްތިހާރު އިއްޔެ އާންމުކުރުމުގެ ކުރިން މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް މިދިޔަ މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަރީނާއާ އެކީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ކޮންމެ ވެސް ބަޔަކު އެފަދަ ފުރުސަތެއް ފަހިކޮށް ދޭން އާލިއާ އެދިފައިވެ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ އަކީ ކަރީނާގެ ފަހަރިއެކެވެ. އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރަކީ ކަރީނާއާ ދެބޭންގެ ދެދަރި އެކްޓަރެކެވެ.