ބޮލީވުޑްގެ ކުރީގެ ބަތަލާ، ސަނާ ޚާން އާއި އޭނާގެ އަލަތު ދަރިފުޅާއެކު އުމްރާ އަށް ހިންގައްޖެ އެވެ.

ސަނާ އާއި މުފްތީ އަނަސް ސައްޔަދަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ ޖުލައި މަހު އެވެ.

ސަނާގެ އާއިލާގެ އުމްރާގެ ދަތުރުގެ ފޮޓޯ އާއި ވީޑިއޯ ސަނާގެ ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

ދަރިފުޅު ތާރިގު ޖަމީލު ގޮވައިގެން ކުރާ އުމްރާ ދަތުރާ ބެހޭ ގޮތުން ސަނާ ބުނީ މިއީ އޭނަ ކުރި ދުއާއެއް އިޖާބަވުން ކަމަށާއި އެކަމަށްޓަކައި ހެއްދެވި ފަރާތަށް އިހުލާސްތެރިކަމާ އެކީ ޝުކުރު އަދާކުރާ ކަމަށެވެ. ސަނާގެ ޕޯސްޓްގައި ދަރިފުޅު ހެޔޮލަފާ ދީންވެރި ކުއްޖަކަށްވުމަށް އެދި ދުއާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

https://www.instagram.com/p/Cxz4g2VApcd/?utm_source=ig_embed&ig_rid=3b6da9ab-946e-4735-9ae1-20319c6cfc4e

މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ސަނާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އުމްރާގެ އަޅުކަންވެސް އަދާކޮށްފަ އެވެ.

ފިލްމު ކުޅުން ހުއްޓާލައި ސަނާ، އަނަސްއާ ކައިވެނިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ.

ސަނާ ވަނީ "ޖޭ ހޯ" އާއި "ވަޖާ ތުމް ހޯ" އަދި މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" އިން ފެނިފަ އެވެ.