ރާއްޖޭގެ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ދެކުނުގެ ރަށެއްގައި ބަޔަކު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމުން އެ ކުއްޖާ ބަނޑުބޮޑުވި ކަމަށް ބުނާ މައްސަލައެއް 6 އޮކްޓޫބަރުގައި ވަނީ ފެންމަތިވެފަ އެވެ.
އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މީހަކު ހައްޔަރުކުރީ ސީދާ އެ މައްސަލައާ ގުޅިގެން ކަމަކަށް ފުލުހުން ނުބުނެ އެވެ.
ކުޅުދުއްފުށީގައި ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒެއް
3 މީހުން އަރުވައިގެން ސައިކަލް ދުއްވީ ބަންދު އަމުރު އޮތް މީހެއް
އެމްޓީސީސީގައި 6،700 މުވައްޒަފުން އެބަތިބި