މަޝްހޫރު ކޭޕޮޕް ބޭންޑެއް ކަމަށްވާ ބްލެކް ޕިންކްގެ ލަވަކިޔުންތެރިޔާ ޖިސޫއާއި ކޭޑްރާމާ ތަކުން މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަން ބޮޔުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފި އެވެ.
އެ ދެމީހުން ރުޅިވި ކަމަށް މީޑިއާގައި އަޑު ފެތުރެމުން އަންނަތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް އެކަން ޔަގީން ކޮށްދިނީ މީގެ ދެ ދުވަސް ކުރިން ޖިސޫގެ އެޖެންސީއިން ނެރުނު ބަޔާނެއްގަ އެވެ.
ތިން މަސް ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ޖިސޫއާއި ބޮޔުން ރުޅިވީ އެ ދެމީހުންގެ ޝެޑިއުލް ހުންނަ ގޮތުން އެކަކު އަނެކަކަށް ވަގުތު ނުދެވޭތީ ކަމަށް ހަބަރުތައް ބުނެ އެވެ.
މިދިޔަ އޮގަސްޓް މަހު އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން އިއުލާން ކުރަމުން ޖިސޫގެ އެޖެންސީ ވައިޖީ އެންޓަޓެއިންމަންޓުން ބުނީ އެ ދެތަރިން އަންނަނީ އެކަކު އަނެކަކު ދަސްކުރަމުން ކަމަށާއި އެވަގުތު އެމީހުންނަށް ބޭނުންވަނީ އާއްމުންގެ ލޯބި ކަމަށެވެ.
ޖިސޫއާއި ބޮޔުން ރުޅިވި ހަބަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެ ނިންމުމަކީ މާ އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ކަމަށް ބުނަމުންނެވެ.