ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމާއި އަދި އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަދި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޝާހިދު ހައްޔަރުކުރީ މިމަހު އެވެ.
ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެ އަމުރު އިސްތިއުނާފްކުރަން ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ހުކުމްކުރީ އެ އަމުރަށް ބަދަލު ގެނެވެން ނެތް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ސައިފްއަށް މަރުގެ އިންޒާރެއް، ފުލުހުންގެ ތަހުގީގު ކުރިއަށް!
އެމެރިކާގެ އެފްބީއައި އަށް ނުރައްކާތެރި ސައިބާ ހަމަލާތަކެއް ދީފި
ސަމާލުވޭ! ކުޑަކުދިންގެ މެދުގައި ހަކުރުބަލި އިތުރުވަނީ!