ޝްރައްދާ ކަޕޫރަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން އެންމެ މަގުބޫލު އެއްތަރި އެވެ. އޭނާ މިވަނީ ދާދި ފަހުން އާ ކާރެއް ގަނެފަ އެވެ.
ޝްރައްދާ މިފަހަރު ގަނެފައިވަނީ ލަމްބޯގިނީ ހުރަކަން ޓެކްނީކާ މޮޑެލްގެ ރަތް ކުލައިގެ ކާރެކެވެ. އެ ކާރުގެ އަގު ހަތަރު ކްރޯޑް އިންޑިއާ ރުޕީސްއަށް އަރާނެ ކަމަށް ބެލެވެ އެވެ.
ޝްރައްދާއަކީ އޭނާގެ މިލްކިއްޔާތާ ބެހޭ ގޮތުން މާ ގިނައިން ވާހަކަ ދައްކާ ތަރިއަކަށް ނުވި ނަމަވެސް އޭނާގެ މިލްކިއްޔާތުގައި މީގެ ކުރިން ވެސް އަގުބޮޑު ކާރުތައް ހުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އިންސްޓަގްރާމްގައި ދައުރުވާ ޕޯސްޓެއްގައި ޝްރައްދާ އޭނާގެ ރަހުމަތްތެރިޔަކާއެކު އަލަށް ގަތް ކާރުގެ ކުރިމަތީގައި ހުއްޓިގެން ހުރިއިރު ފަހަތުން އެ ކާރުގެ ފުރިހަމަކަން ފެނެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ޝްރައްދާ އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރް ރާއޯއާއެކު "ސްޓްރީ 2"އިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި
އެމްޑީޕީގެ ވެރިކަމެއްގައި ރަސްމާލެ ކުރިއަކަށް ނުގެންދާނެ: ނާޒިލް
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން