ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެންމެ ފަހުން މަލައިކާ ރައްދުދީފި އެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި މަަލައިކާ ބުނީ ދައްކަން ޖެހޭ ވާހަކައެއް ވިއްޔާ ދައްކާ ނިމިފައިވާ ކަމަށާއި އެއްވެސް މީހަކަށް އިތުރަށް އޮޅުން ފިލުވައިދޭން ނުޖެހޭ ކަމަށެވެ.

"އަހަރެން މިހުރީ ދިރިއުޅުމުގައި އެއްވެސް މީހަކަށް އަހަރެންގެ ދިރިއުޅުމާ ބެހޭ ގޮތުން ކިޔައިދޭން ނުޖެހޭ ހިސާބެއްގައި." މަލައިކާ ބުނެފައިވެ އެވެ.

އެ އިންޓަވިއުގައި މަލައިކާ ވަނީ އޭނާގެ އެކްޓިން ކެރިއަރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ފިލްމުތަކުގައި މައި ރޯލުތައް ނުލިބޭތީ ސުވާލު ކުރުމުން އޭނާ ބުނީ އެކްޓަރަކަށް ވުމަކީ އޭނާ އެހާ ބޭނުންވި ކަމެއްވެސް ނޫން ކަމަށެވެ.

އެކްޓަރު އަރްބާޒް ޚާންއާ ގިނަ ދުވަސްތަކެއް ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު ވަރިވިފަހުން މަލައިކާއާއި އަރުޖުންގެ ގުޅުމުގެ އަޑުތައް ގަދަވި އެވެ. އެދެތަރިން އެކި ތަންތަނުން އެކުގައި ފެންނަން ވެސް ފެނެ އެވެ.