އިނގިރޭސި ޝާހީ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ ނެޓްފްލިކްސް ސީރީޒް "ދަ ކްރައުން"ގެ ހަވަނަ ސީޒަންގެ ފުރަތަމަ ޓްރެއިލާއިން ޕްރިންސަސް ޑައާނާގެ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް ދައްކާލައިފި އެވެ.
މީގެ ދެ ދުވަހެއް ކުރިން އާއްމުކުރި އެ ޓްރެއިލާގައި ޝާހީ އާއިލާއާ ޑައާނާ ވަކިވިފަހުން އޭނާގެ ދިރިއުޅުން ބައްޓަންވެގެން އައި ގޮތް ދައްކައިދެ އެވެ.
އާއްމުންގެ ތަރުހީބުގެ ތެރެއިން ޑައާނާގެ ލޯބިވެރިޔާ ޑޯޑީ ފައިދުއާއެކު އޮތް ގުޅުމަށް ވެސް ކޮންމެވެސް ވަރަކަށް ޓްރެއިލާގައި އަލިއަޅުވާލާފައިވެ އެވެ.
ދަ ކްރައުންގެ ހަވަނަ އަދި އެންމެ ފަހު ސީޒަން ދެބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ބައި ނެރެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ޑިސެމްބަރު މަހު ނެރޭ ދެވަނަ ބައިގައި ޑައާނާގެ މަރާއި މަރަށްފަހު ޝާހީ އާއިލާއާއި އިނގިރޭސި ވިލާތުގައި ކަންތައްތައް ވެގެން އައި ގޮތް ފެންނާނެ ކަމަށް ބެލެވެ އެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް