ނެށުންތެރިޔާ ނޯރާ ފަތޭހީގެ ކޮންމެ ފެނިލުމަކުން ވެސް ފިރިހެން ކުދިންގެ ހިތްތައް ކަތިލަ އެވެ.

"ދިލްބަރް" ލަވައިން ލިބުނު މަޝްހޫރު ކަމާއެކު ނޯރާދެން ފެނިގެންދިޔަ ހުރިހާ ލަވަ އެއްވެސް ވަނީ ހިޓުވެފަ އެވެ.

ނޯރާ ފެނިގެންދާނެ އާ ލަވައެއް ނުކުންނާނެ ކަމުގެ އިންތިޒާރުގައި ތިބި މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ.

ސަންޗޭތް ޕަރަމްޕަރާގެ ލަވަ "ޗޯޑް ދޭންގޭ"ގައި ނޯރާގެ ފަސްޓް ލުކް އާންމުކޮށް ދައްކާލާފައިވާ އިރު ނޯރާ ފެނިގެންދަނީ ވަރަށް ވެސް ޗާލުކޮށެވެ.

ނެށުންތެރިއެއްގެ އިތުރުން މި ލަވައިގައި އެކްޓަރެއްގެ ގޮތުގައި ވެސް ނޯރާ ފެނިގެންދާނެ އެވެ. އަދި ނޯރާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތަފާތު ލުކްތަކެއް ވެސް ފެނިގެންދާނެ އެވެ.

ޔޯގޭޝް ދުބޭގެ ޅެމަކަށް، ޕަރަމްޕަރާ ކިޔާފައިވާ މި ލަވައިގައި ދައްކަނީ ބަދަލުހިފާ ވާހަކަ އެވެ.

ރާޖަސްތާނުގައި ޝޫޓު ކޮށްފައިވާ މި ލަވައިގައި މީގެ ކުރިން ނޯރާގެ ފަރާތުން ފެނިފައިނުވާ ފަދަ މޮޅު ހުށައެޅުމެއް ފެނިގެންދާނެ އެވެ.