ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބުނުފަހުން އެމީހުންގެ ވާހަކަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިޔާގެ ނޫސްތަކުން ފެނެ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ކަޕޫރު ބުނެފައިވަނީ ދަރިއަކު ލިބުމުން ވަަރަށް އުފާވިކަމަށާއި، އެފަަދަ އުފަލެއް ދުވަހަކުވެސް އެނާއަށް މީގެ ކުރިން ނުލިބޭކަމަށެވެ. އެހެންކަމުން ދެ ވަނަ ދަރިއަކު ހޯދުމަށް އޭނާ އާއި އާލިއާ ވިސްނަމުން އަންނަކަމަށްވެސް ރަންބީރު ބުންޏެވެ.

ދެ ވަނަ ދަރިޔަކަށް ރަންބީރު ވިސްނަމުން އަންނައިރު އެމީހުންގެ ފުރަތަމަ ދަރިފުޅު ރަހާ އަށް އެއް އަހަރު ފުރުން މިމަހުގެ ހަ ވަނަ ދުވަހު ވަނީ ފާހަގަކޮށްފަ އެވެ.

އަދި ދަރިފުޅަށް އެއް އަހަރު ވީ އިރު ދުވަސްތައް ދިޔަ ގޮތް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އާލިއާ ވަނީ ރަހާ އަކީ އެދެމަފިރިންނަށް ލިބުނު ބޮޑު ނިޢުމަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ހިއްސާކުރި ފޮޓޯ ތަކުގެ ތެރޭގައި، ރަހާގެ ކުޑަކުޑަ ދެ އަތް ތިލަ ކޭކުގެ ތެރެއަށް ލައިގެން އިންނަ މަންޒަރު ފެނިގެންދެ އެވެ.

މީގެ އިތުރުން، ރަހާއަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރަންބީރުގެ ދެމަފަރިން ވަނީ އެމީހުންގެ ގޭގައި ޕާޓީއެއް ބާއްވައިފަ އެވެ.