ދުބާއީ (2ފެބްރުއަރީ) - ދުބާއީން އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިން އެގައުމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ތައްޔާރުވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

މީޑިޔާއިން ބުނިގޮތުގައި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިންޑިޔާއިން އެ ގައުމަށް ލިބިފަ އެވެ. ނަމަވެސް މި ޝިޕްމަންޓްގައި ލިބިފައިވަނީ ކިތައް ވެކްސިން ޑޯޒް ކަމެއް އަދި ވެކްސިން ދިނުމަށް ފައްޓަނީ ކޮން ދުވަހެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ވެކްސިންގެ މައުލޫމާތު އެގޭ ފަރާތަކުން ބުނީ ދުބާއީ ސަރުކާރާއި ސިރަމް އިންސްޓިއުޓް އޮފް އިންޑިއާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 200،000 ޑޯޒްގެ ކޮވިޝިލްޑް ވެކްސިން އަންގާރަ ދުވަހު ޝިޕްކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ވެކްސިން ދުބާއީއަށް ފޮނުވިކަން ޔަގީންކޮށްދީފަ އެވެ.

ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާގެ ވެކްސިން ދުބާއީއާއި ހަމަޔަށް ފޯރާފައިވާ ކަމަށެވެ. އަދި ދުބާއީއަކީ ހާއްސަ ރައްޓެއްސެއްކަމަށާއި އަދި މިއީ ހާއްސަ ގުޅުމެއްކަމަށެވެ.

ދުބާއީން މިހާރު ވެސް ދަނީ އެ ގައުމުގައި ދިރިއުޅޭ އެންމެންނަށް ފައިޒާ އަދި ބަޔޯ އެން ޓެކް ވެކްސިން، އަދި ޗައިނާއިން އުފައްދާފައިވާ ސިނޮޕާމް ވެކްސިން ހިލޭ ދިނުމުގެ ޕްރޮމެއް ކުރިއަށް ގެންދަމުންނެވެ.

އެމަޖެންސ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރި ގޮތުގައި އަންގާރަދުވަހު އެ ގައުމުގައި 3،310 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.