ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަ ދުވަސްތެރޭ، 101.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް 101.7 މިލިއަން ރުފިޔާ ވަނި ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ޖުމްލަ 438.1 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ބަދަލުގައި ގޮތުގައި ދޫކުރި އަދަދާއެކު 539.8 މިލިއަން ރުފިޔާ މި އަހަރު ވަނީ ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކޮށްފަ އެވެ.
މިއީ މި އަހަރުގެ ބަޖެޓުގައި ބަދަލު ދޭން ކަނޑައެޅި 101.2 މިލިއަން ރުފިޔާއަށްވުރެ 438.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ބޭފުޅުން އިދިކޮޅުގައި ތިބިއިރު ނިމިދިޔަ ސަރުކާރާށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ މައްސަލަތަކުގެ ތެރޭގައި ބަދަލުދިނުން ހިމެނެ އެވެ.
އެހެން ކަމުން މި ސަރުކާރުން ވަނީ ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ސެޓްލްމަންޓް ކޮމެޓީ އުވާލައިފަ އެވެ. އެ ކޮމެޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެނެރީގެ ނަޝީދު ސިޔާސީ ކަންކަމުން ދުރަށް ޖެހެން އުޅޭ ކަން މަމެންނަށް ކުރިން ވެސް އިނގެއޭ އޭނާގެ ސަބަބުން މިގައުމަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ވެފައޭ އޭނާގެ ފުރަތަމަ ކައްޕަޅި ވެރިކަމުގައި އޭނާ ކަނޑުފައްތާ ފިލްމް ކުޅެން ވެގެން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ ކަޓް ކާލައިގެން އެފިލްމް ކުޅެން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލޭ ވިއްކާލީ ކެނެރީގެ ނަޝީދު ރާއްޖެ ވެސް ދޫކޮށްދާން ވީއޭ ދޫކޮށްދާށޭ ދޫކޮށްދާށޭ ދޫކޮށްދާށޭ ދޫކޮށްދާށޭ ދޫކޮށްދާށޭ ދޫކޮށްދާށޭ