މާފުށީ ޖަލު ގޮޅިއެއް ބަލައި ފާސްކުރުމުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވެއްޖެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފުށި ޖަލުގެ ކޮޅިތައް ބަލައި ފާސްކުރި އާންމު އުސޫލުގެ ތެރެއިން ކަމަށެވެ. މިގޮތަށް ބަލާ ފާސްކުރާ ކޮންމެ ފަހަރަކު ގައިދީން އޮފިސަރުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އެގޮތުން މިއަދުވެސް ޖަލުގެ ގޮޅިތައް އާންމު އުސޫލު ޗެކު ކުރުމުގެ ތެރެއިން ގައިދީން އޮފިސަރުންނަށް ހަމާދިނުމުގެ ސަބަބުން އެމީހުން ކޮންޓްރޯލު ކުރުމުގެ ތެރެއިން އޮފިސަރުންނާއި ގައިދީނަށް އެކި ވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ޖަލު ތެރޭގައި ފާސްކުރާ އިރު ހަމަނުޖެހުން ހިނގަނީ ގައިދީން ޖަލު ގޮޅިތަކުގައި ގެންގުޅޭ މަނާ ތަކެތި އޮފިސަރު ހޯދާތީ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ގައިދީންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ މަންޒަރު ފެނެ އެވެ. ނަމަވެސް އެއީ މިއަދުގެ ހާދިސާގެ ފޮޓޯތަކެއް ކަމަށް ކަރެކްޝަންސްއިން ކަށަވަރުކޮށެއް ނުދެ އެވެ.