ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޓްރާންސްޝިޕްމަންޓާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށްގެން ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މި ކުންފުނި ވެގެންދާނީ %100 ދިވެހި ކުންފުންޏަކަށްކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، އެހެނިހެން ސިނާއާތްތައް ރާއްޖޭގައި ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ވަކިން ހާއްސަކޮށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކޮށް، ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް ތަނަވަސްކޮށް ދެއްވުމާއި، އިންވެސްޓްމަންޓްގެ އިތުރު ފުރުސަތުތައް ހޯދައިދެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕާއި ޝީ މަޝްވަރާކުރެއްވި
އިންތިޒާރަށް ނިމުމެއް، ޓޭލާގެ "ޕޭޝަންޓް ޒީރޯ" ރިލީޒް ކުރަނީ!
ބެންކޮކްގައި ފެންބޮޑުވެ ހުރިހާ ސަރަހައްދެއް ކާރިސާގެ ހާލަތަށް