މާތްވެގެންވާ މަސްޖިދުލް ހަރަމް ސާފުކުރުމަކީ މުސްލިމަކަށް ދުނިޔެ މަތީގައި ލިބިގެންދާނެ އެންމެ މަތިވެރި އެއް ނަސީބެވެ. މި ކަމުގައި ގާތްގަނޑަކަށް 2200 އެއްހާ މީހުން ހަރަކާތްތެރިވެ އެވެ.

ހަރަމްފުޅު ސާފުކުރުމަށްޓަކައި މީހުން ގެންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑޮނޭޝިއާ އެވެ.

މި ދެންނެވި ގައުމުތަކުގެ ވިސާ އެޖެންޓުން މެދުވެރިވެގެން މީހުން ހަަރަމްފުޅުގެ ވަޒީފާއަށް އަންނައިރު އެމީހުންގެ މުސާރަ ބިނާވަނީ ވަކިވަކި ގައުމުތަކަށެވެ.

އެގޮތުން އެންމެ ދަށުން މުސާރަ ލިބޭ ބަންގްލަދޭޝްގެ މުވައްޒަފުންނަށް ލިބެނީ 500 ސައޫދީ ރިއާލެވެ. އެއީ ގާތްގަނޑަކަށް 133 އެމެރިކާ ޑޮލަރެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މުވައްޒަފުންނަށް 700-600 ސައޫދީ ރިއާލް ލިބޭއިރު އެއީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 160 އެމެރިކާ ޑޮލަރެވެ.

އެންމެ ބޮޑު މުސާރައެއް ލިބެނީ އިންޑޮނޭޝިއާގެ މުވައްޒަފުންނަށެވެ. އެއީ ގާތްގަނޑަކަށް 260 އެމެރިކާ ޑޮލަރަށްވާ 1000 ރިއާލެވެ.